twitterviber whatsapp telegramfacebookyoutube instagram
1st March 2026

ކުޅުދުއްފުއްޓަށް ލިސްޓްކުރެވިފައިވާ ޕްރޮޖެކްޓްތައް ހަލުވިކޮށް ދިނުމަށް މޭޔަރު ގޮވާލައްވައިފި

އަބްދުލް ވާހިދު ޙަސަން
Jul 11, 2023
2

ކުޅުދުއްފުއްޓަށް ރާވާފައިވާ މަޝްރޫއުތަކާއި މިހާރުވެސް ކުރިއަށްގެންދާ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށްގެންގޮސްދިނުމަށް ކުޅުދުއްފުށީ މޭޔަރު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދަން ބަޖެޓްކޮށްފައި ހުރި ގިނަ މުހިންމު މަޝްރޫއުތަކެއް އަދިވެސް ނުފެށެ އެވެ. އަދި ކުރިއަށްދާ މަޝްރޫއުތައްވެސް ކުރިއަށްދަނީ އެހާ ލަހުންނެވެ. އެހެންވުމުން އެކަމުގެ ޝަކުވާ ރައްޔިތުން އަބަދު ކުރެ އެވެ.

ދެ ބެޑްމިންޓަން ކޯޓް މަރާމާތަށްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ސަރުކާރަށް ގޮވާލެއްވީ، ކުޅުދުއްފުއްޓަށް ލިސްޓްކުރެވިފައިވާ ޕްރޮޖެކްޓްތައް ހަލުވި ދުވެލީގައި ކުރިއަށްގެންގޮސް ދެއްވާ، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމާ ނުފެށި ހުރި މުހިންމު މަޝްރޫއުތަކަށް ބަލާއިރު ފުއް ފެކްޓްރީ އާއި ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތާއި ސަރަހައްދީ ބަނދަރުގެ މަގަތު ފާލަމާއި 1000 ފުލެޓްގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

މޭޔަރު އާތިފް ދާދިފަހުން ވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާތައް ސަރުކާރުން އިޖާބަ ނުދިނުމުން އެމްޑީޕީން ވަކިވެ ޑިމޮކްރެކްޓްސްއާ ގުޅިވަޑައިގަންނަވަފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355