twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބޮޑެތި ޕްރޮޖެކްޓްތައް ނުފެށި ލަސްވާތީ ރައީސްއާ ހަމައަށް ގެންދިޔައިން، ހައްލެއް ނުލިބުނު

އަބްދުލް ވާހިދު ޙަސަން
Jul 27, 2023
2

ސަރުކާރުން ކުޅުދުއްފުއްޓަށް ލިސްޓްކޮށްފައިވާ މަޝްރޫއުތައް ނުފެށި ލަސްވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާ ހަމައަށް އެކި ފަހަރު ގެންދެވިފައިވާކަމަށާއި އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެކަމުގައި ހައްލެއް ލިބިފައިނުވާކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ސަރުކާރުން ކުޅުދުއްފުއްޓަށް ގިނަ މަޝްރޫއުތަކެއް ލިސްޓްކުރެވި ވީނަމަވެސް މި ހިސާބަށް އައިރު ނުފެށި ގިނަ މަޝްރޫއުތަކެއް ހުރިކަމަށެވެ.

އެގޮތުން މޭޔަރު ފާހަގަކުރެއްވި ބޮޑެތި ބައެއް މަޝްރޫއު:-

- 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލްގެ އާ އިމާރާތް.

- 1000 ހައުންސިންގ ޔުނިޓް.

- އެއާޕޯޓްގެ އުތުރު ބިން ބޭނުންކުރެވޭނެ ގޮތް ހެދުން.

- ކުނި މެނޭޖްކުރުން.

- އާ ސްކޫލެއް އިމާރާތްކުރުން.

މޭޔަރު ވިދާޅުވީ، މި ޕްރޮޖެކްޓްތައް ނުފެށި ލަސްވާ މައްސަލައިގައި އެކި ފަހަރު މަތިން ރައީސުލްޖުމްހޫރިއްޔާ ވާހަކަދެކެވިއްޖެ ކަމަށާއި އަދި އެކި ގޮތްގޮތުން ވަޒީރުންނާވެސް އެ ވާހަކަތައް ހިއްސާކުރެވި ޕްރޮޖެކްޓްތައް އަވަސްކުރުމަށް އެދިވަޑައިގެންނެވި ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސަރުކާރުގައި އެންމެ ގިނައިން އެދިފައިވާނީ ކުޅުދުއްފުށީގެ ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ. މޭޔަރު ވިދާޅުވީ، ބޯހިޔަވާހިކަން ބޭނުންވާ ވަރު، ލިޔެކިޔުމުންނާއި އަނގަބަހުންނާއި ފޯނުންނާއި މެސެޖުންނާއި ފޯނު ކޯލުންވެސް ދެންނެވިފައިވާނެ ކަމަށެވެ.

އެއާޕޯޓްގެ އުތުރުގައި އޮންނަ ބިން ކައުންސިލަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައިދިމަށް ސަރުކާރުގައި އެތައް ފަހަރު އެދިފައިވާނެކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. ކުނީގެ މައްސަލަ އާއި ފުއްފެކްޓްރީ އަދި ބަޖެޓްގައި ހިމެނިފައިވާ އާ ސްކޫލްގެ މަސައްކަތް ނުފެށި ލަސްވާކަން ފާހަގަކުރައްވާ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

"އެކަމަކު އެ ސްކޫލް ކުރިއަށްދާ މަންޒަރެއްވެސް ނުފެނޭ. މިހެން ބޮޑެތި ކަންތައްތަކެއް އެބަހުރި. ފުދޭވަރެއްގެ ގިނަ ވަޒީރުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ދެންނެވިފައިވާނީ މިކަންކަން އަވަސްވާނެ ގޮތެއް. އެކި ގޮތްގޮތުން އަޅުގަނޑުމެން މިދަނީ އެ މަސައްކަތްކުރަމުން. އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭނެ ޔަގީން ކަމަކީ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައިވެސް އާހިރު ނަތީޖާއަކަށް އަޅުގަނޑުމެން އުންމީދުކުރަނީ ރަށުގެ ރައްޔިތުންނަށް އެކަމުން ރަނގަޅު ގޮތެއް ހޯދައިދިނުން." ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355