ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ. މޯގަން އަކީ ބޭންކިންގ، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ބީއެމްއެލް އިން ބުނީ، މޯގަން އަކީ ބޭންކިންގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ ލޮއިޑްސް ބޭންކިން ގުރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ. މިގޮތުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގްއާންސޭ އަދި ސީނިއަރު ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އަދާ ކުރައްވާފައިވެއެވެ.
މޯގަން އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިން ޕްރިންސިޕަލްގެ މަގާމެވެ. މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިން އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް އަދި، ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފައެވެ.
ބީއެމްއެލްގެ ޑައިރެކްޓަރު އޮފް އޮޕަރޭޝަނުގެ މަޤާމަށް މޯގަން އައްޔަނުކުރުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށެވެ.
"ބޭންކައެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރެއް. މޯގަންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ" ސްޓުމްކަ ވިދާޅުވިއެވެ.
މޯގަން ވަނީ ޔުނިވަސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ.
މޯގަން އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.