twitterviber whatsapp telegramfacebookyoutube instagram
11th September 2026

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ

ނަބީލާ އިސްމާޢީލް
Aug 5, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހަމަވާނެ އެވެ.

ކޮމިއުނިޓީ ފަންޑަށް މާލެ އާއި ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ތައުލީމާއި ކުޅިވަރާއި މުޖުތަމައު ތަރައްގީކުރުމުގެ ދާއިރާތަކުން ޖަމިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. މި ފިޔަވަހީގައި 10 ޕްރޮޕޯޒަލަކަށް އެހީ ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާތަކަށް، ޕްރޮޖެކްޓުތައް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ [email protected] އީމެއިލް އެޑްރެހަށެވެ.

ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293