twitterviber whatsapp telegramfacebookyoutube instagram
15th February 2026

ޕީޕީއެމް/ފީއެންސީގެ ކެންޑިޑޭޓް މުއިއްޒު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

އަބްދުލް ވާހިދު ޙަސަން
Aug 11, 2023
1

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުފުޅުގައި މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މުއިއްޒު، ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 13:30 ގައި އެވެ. އެހެންވުމުން އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން އުތުރު ބަނދަރަށް ދިޔުމަށް ޕީޕިއެމް/ފީއެންސީ ކޯލިޝަނުން އެދެ އެވެ.

މީގެ އިތުރުން މާދަމާ ރޭ ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ޖަލްސާ އޮންނާނީ ޕީޕީއެމް ހޮޅުއައްޓާ ދިމާ ވެލިގަނޑު، 20:30 ގަ އެވެ.

ރިޔާސީ ކެމްޕެއިން ފެށިފަހުން މިއީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ތިންވަނަ ކެންޑިޑޭޓެވެ. ފުރަތަމަ ވަޑައިގެންނެވީ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ. އެއަށްފަހު ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސްގެ ރަނިންގމޭޓް ހުސެއިން އަމްރުވެސް ކުޅުދުއްފުއްޓަށް ވަޑައިގެން ދާދިފަހުން ޑޯޓްޑޯ ހިންގެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355