twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިގުފަރު ހިއްކައި އިހަވަންދުއާ ގުޅާލަދޭނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 14, 2023

ހއ ދިގުފަރު ހިއްކައި އެ އަތޮޅު އިހަވަންދުއާ ގުޅާލައި ސިނާއީ މަސައްކަތް ކުރެވޭ ގޮތް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒުކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ އިހަވަންދުއަށް ވަޑައިގެން އެ ރަށުގެއި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ރަށުގައި ދޯނި ބަންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ގާތުގައި ކަމަށާއި އެއީ ސިއްހީ ގޮތުން ވެސް ވަރަށް ގެއްލުން ހުރިކަމެއް ކަމަށް ކަމަށެވެ. ނަމަވެސް، މި ރަށުގައި އެ ކަން ކުރާނެ އިތުރު ބިމެއް ނެތް ކަމަށާއި ދެން އޮންނާނީ ބިން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަށުގެ ކައިރީގައި އޮތް ދިގުފަރު ހިއްކައި، މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ސިނާއީ ކަންކަމަށް ބިން ހާއްސަކޮށް ދިގުފަރާ މި ރަށާ ގުޅުވައިލަދޭނެކަމަށް މުއިއްޒު ވައުދުވި އެވެ.

އިހަވަންދުއަކީ ރާއްޖޭގައި މަސްވެރިކަމުގައި އެއް ހަބެވެ. ނަމަވެސް، މަސްވެރިކަން ކުރިއަރުވައި، އެ ދާއިރާގައި ހުރި ޝަކުވާތައް ހައްލު ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، މުއިއްޒު ވަނީ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

"މަސްވެރިންގެ ފަރާތުން އެދިވަޑައިގެންފައިވާ ހުރިހާ ކަމެއް ތަރުތީބުކޮށް ކުރިއަށް ގެންގޮސްދޭނަން،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ފިޝް ކަލެކްޝަން ސެންޓަރެއް ހަދައި އައިސްޕްލާންޓް ބަހައްޓައި ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިއްހީ ނިޒާމަކީ ހުރިހާ ހިސާބެއްގައި ވެސް ޔާމީން އިސްކަންދިން އެއް ދާއިރާ ކަމަށާއި މި ރަށުގެ އާބާދީ ބޮޑުއިރު، އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތް ކަމަށެވެ. އެއްވެސް ބަޔަކު ސުވާލު އުފައްދައިގެން ނުވާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ އޭނާ ވެރިކަމަށް ހޮވިއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ އަހަރު އިހަވަންދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

"އެކަމަކީ އަޅުގަނޑު ހިތުން އެއްވެސް ބަޔަކު ސުވާލު ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިހަވަންދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އެންމެ ފުރަތަމަ އަހަރުތެރޭ އެ މަސައްކަތް ފަށައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގެ މަގުތައް ހަދާފައި ނުވާތީ ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ މަގު ހެދުމަކީ ތަރައްގީ ހާސިލްކުރަން ބޭނުންވާނަމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހއ. އަދި ހދ. އަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ވަަޑައިގަންނަވާނީ ހއ. ހޯރަފުށި، އުތީމު، ބާރަށް، އަދި ދިއްދޫއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355