twitterviber whatsapp telegramfacebookyoutube instagram
22nd October 2025

ޓޫރިޒަމް ސެކްޓާގެ އެއްވެސް އާއިލާއަކަށް ގެއްލުމެއް ލިބުނަކަ ނުދޭނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Aug 18, 2023
1

ކުރިން އޮތް ގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާއިރު އަހަރުގެ މެދުތެރެއިންވެސް އެއްމަހުގެ ޗުއްޓީއެއް ދެއްވާނެކަމަށް ޕީޕީއެމް|ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޮޑު ޗުއްޓީ ކުރިންވެސް އޮތް ގޮތަށް ޑިސެމްބަރަށް ބަދަލުކުރާނެކަމަށް މުއިއްޒު ވިދާޅުވުމުން އެކަމާ ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ގިނަ ބަޔަކު ނުރުހުންވި އެވެ.

އެހެންވެ ރޭ ފ ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާއިރު އަހަރުގެ މެދުތެރެއިންވެސް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދޭނެ ކަމަށެވެ.

ޑިސެމްބަރަށް ޗުއްޓީ ބަދަލުކުރުމަކުން ޓޫރިޒަމް ސެކްޓާގެ އެއްވެސް އާއިލާއަކަށް ގެއްލުމެއް ލިބުނަކަ ނުދޭނެކަމުގެ ޔަގީންކަންވެސް މުއިއްޒު ދެއްވި އެވެ.

މުއިއްޒު ވިދާޅުވީ މި ކަން މި ގޮތަށް ނިންމީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު ކަމަށާއި މިގޮތަށް ބަދަލުކުރުމުން ވެސް އަހަރު ތެރޭގައި ކިޔަވަން ބޭނުންވާ ހުރިހާ ގަޑިއެއް ހަމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355