twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން:މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 27, 2023

އެކަނިވެރިމައިންނަށް ދޭ އެލަވަންސްއާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހާފިޒުންގެ އަގު މިހާރު ވެސް ވަޒަންކުރާ ކަމަށާއި ނަމަވެސް، އެއަށްވުރެ ބޮޑަށް ހާފިޒުންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ހާފިޒުންނަށް މިހާރު ސަރުކާރުން ދޭ އެލަވަސްއަށްވުރެ ބޮޑު އެލަންސްއެއް ދޭންޖެހޭ ކަމަށް ގަބޫލު ކުރާކަމުގަ އެވެ.

އޭނާ ވަނީ ހާފިޒުންގެ އެލަވަންސް މިހާރަށްވުރެ ދެ ގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މިހާރު ސަރުކާރުން ހާފިޒުންނަށް ދޭ އެލަވަންސްއަކީ 2000 ރުފިޔާއެވެ. މުއިއްޒުގެ ވައުދަކީ އެ އަދަދު 4000އަށް ބޮޑުކުރުމެވެ.

މުއިއްޒު ވިދާޅުވީ އެކަނިވެރިމައިނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް އެެއްވެސްކަމެއް ކުރެވޭ ވަރުގެ އެލަވަންސެއް ނޫން ކަމަށެވެެ. އެހެން ކަމުން އެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމާކަމުގައި މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް 3000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި އެއީ ޖުމުލަ 12،000 ރުފިޔާއެވެ.

މިހާރު ސަރުކާރުން އެކަނިވެރި މައިންނަށް ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ.

އެންމެ އިމާމަކު ކޮންމެ މިސްކިތެއްގައި ހުންނާތީ އިމާމުންގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރއްވާ މުއިއްޒު ވިދާޅުވީ ސަލާން ބުނަން ޖެހުނުކަމުގައި ވިޔަސް، ދެވަނަ އިމާމަކު ނުހުންނާތީ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

"މިސްކިތްތަކަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެވޭނެ. މިސްކިތްތަކުގައި އަބަދުވެސް އެ ކަމަށް ހާއްސަކުރެވިފައި ހުރި ނަމާދުކުރެވޭ މުދިމަކު، އިމާމަކު ހުންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މިސްކިތަކަށް ދޭންޖެހޭ ސަމާލުކަން ދޭނެ ކަމަށާއި މިސްކިތްތަކުގައި އަބަދުވެސް ނަމާދަށް ހާއްސަކުރެވިފައި ހުރި ނަމާދުކުރެވޭ މުދިމަކު، އިމާމަކު ހުންނަން ޖެހޭނެ ކަމަށާއި ކޮންމެ މިސްކިތެއްގައި ވެސް ދެ އިމާމުން ތިބޭ ވަރަށް އިމާމުން އިތުރުކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355