twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގު ކަސްޓަމަރުންނަށް 149 ރުފިޔާއަށް 100 ޖީބީ ލިބޭ ޕެކޭޖެއް

ނަބީލާ އިސްމާޢީލް
Aug 31, 2023

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 149 ރުފިޔާއަށް 100ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ލިބޭ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ ފަސްދުވަހުގެ މުއްދަތަށް ލިބޭ އެ ޕެކޭޖަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފާއެއްކަމަށެވެ. އެ ޕެކޭޖު ބޭނުންކޮށްގެން ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލުމަށް ހަލުވި އިންޓަނެޓު ލިބޭނެއެވެ.

މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ އެކި މުއްދަތުތަކަށް 100ޖީބީ ޑޭޓާ ލިބޭ ޕެކްތަކެއް ލޯންޗުކޮށްފައެވެ.

ސަތޭކަ ޖީބީގެ ޑޭޓާ ލިބޭ އިތުރު އޮފާތަކުގެ ތެރޭގައި ހިމެނެނީ:

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355