twitterviber whatsapp telegramfacebookyoutube instagram
4th May 2024

ރޯދަމަހު ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެ: މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 31, 2023

ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބ. އޭދަފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހީންނަކީ އިސްލާމުންނަށް ވާތީ މި ގައުމުގެ ހުރިހާ ކަމެއް ވެސް ބިނާވާން ޖެހޭނީ ދީނުގެ މައްޗަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ވާނީ ވެސް ދީނީ އަޅުކަންތައް ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

އެ ގޮތުން، އޭނާގެ ވެރިކަމެއްގައި ރަމަޟާންމަހުގެ ފަހު ދިހަ އެކީގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ސިޔާސަތުގެ ދަށުން ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ ސަރުކާރު މުވައްޒަފުންނަށް އަޅުކަންތައް ކުރުމަށް ފަސޭހަވެ، އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް ވެސް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާ އެކު ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ގްރޭޑް އަށަކުން ތިރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް އޭނާގެ ސަރުކާރެއްގައި ބާއްވާނެ ކަމަށާއި އަރަބި ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ނަމަވެސް، މި ފަސް އަހަރު އެކަން ގޮސްފައިވަނީ ވަރަށް ދެރަކޮށް މުއިއްޒު ވިދާޅުވި އެވެ.

އެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާފައިވިނަމަ، ރާއްޖެއަށް ލިބޭނީ ކުރިއެރުން ކަަމަށާއި ރައްޔިތުންނަށް ފަހި ފުރުސަތުތައް ލިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355