twitterviber whatsapp telegramfacebookyoutube instagram
30th April 2024

މަކުނުދޫގައި ރޭސިންގ ޓްރެކެއް އަޅައިދިނުމަށް ރައީސް ވައުދުވެއްޖެ

ނަބީލާ އިސްމާޢީލް
Sep 4, 2023

ހދ މަކުނުދޫގައި އަންނަ ދައުރުގެ ތެރޭގައި ރޭސިންގ ޓްރެކެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ އަތޮޅަށް ކުފރަވަމުންގެންދަވާ ދަތުރުގައި މަކުނުދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވެފައި ތިބި ބައެއް ކަމަށެވެ. އެގޮތުން މަކުނުދޫ ބިން ހިއްކައި ހައުސިން ޔުނިޓް ކުރިއަށް އޮތް ދައުރުގައި އަޅައިދޭނެ ކަމަށެވެ. އަދި މަކުނުދޫ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަކުނުދޫގެ ޒުވާނުން ބޮޑު ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަށެވެ. އަދި އަންނަ ދައުރުގައި މި ފުޓްބޯޅަ ދަނޑާއެކު ޒުވާނުން އެދުނު ގޮތައް ރޭސިންގ ޓްރެކެއް އަޅައިދޭނެ ކަމަށެވެ.

ބަނދަރު ތިލަވުމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ބަނދަރު ފުންކޮށް މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ތަރައްގީކުރާނެ ކަމަށާއި އިތުރު ރިސޯޓް ތަރައްގީކުރުމަށް ހުޅުއްވާލާނެ ކަމަށެވެ. އަދި މެރިކަލްޗަރއަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި އެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫ އެއާޕޯޓުގެ ސަބަބުން މަކުނުދޫ ރައްޔިތުން ބޭނުންވާ ތަފާތު ބޮޑު ތަރައްގީ އަންނާނެ ކަމަށާއި މަކުނުދުއަކީ މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ފަރެއް އޮތް ތަނެއް ކަމަށާއި، ފަތުރުވެރިކަމުގެ ތަފާތު ކަންކަން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެއާޕޯޓާއެކު 3 ރަށް ހިއްކުން ވެގެންދާނީ ފަތުރުވެރިކަމަށް ހުޅުވިގެންދާ ދޮރަކަށް ކަމަށާއި މިއާއެކު ވަޒީފާ އިތުރުވެގެންދާނެ ކަމަށާއި، އެއާޕޯޓުގެ ކުރިން މަކުނުދޫގެ އެކަހެރިކަން އާރުޓީއެލްއިން ފިލުވާދެވިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355