twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުނިއުކާލުމަށް ވެމްކޯއިން ނަގާ އަގުތައް ކުޑަކޮށްދޭނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Sep 7, 2023

ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ވަރަށް ބޮޑު ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ މާފަންނުގައި ހުރި ޕީޕީއެމްގެ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު އޭނާ ވިދާޅުވީ ކުނި ނަގާ އަގުތައް ބޮޑުކޮށްގެން ރައްޔިތުންނަށް ނުތަކާވަރުގެ ބުރައެއް ޖައްސައިފައިވާ ކަމަށެވެ.

މީހުން ދިރިއުޅޭ ގޭބިސީތައް ފިޔަވާ އެހެން ތަންތަނުން ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީއަށް ބަދަލު ގެނައީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެ އަގުތައް އުޅެނީ 250ރ. އާއި 950ރ. އާ ދެމެދުގައެވެ. އެ ކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ވެމްކޯ އިން އަގަށް ނެގައި ބަދަލުގެ ސަބަބުން އާންމުންނަށް ދަތިވާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުން ތިބީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ދޭ ޔަގީން ކަމަކީ، އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އިންތިހާބުކޮށްފި ނަމަ، ވެމްކޯގައި މިހިރަ އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާވަރުގެ އަގުތަކަކަށް ހަދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނި ހިންގަން އެނގޭ ވެރިން ލައިގެން ރަނގަޅަށް ސްޓްރަކްޗާކޮށްގެން ހިންގާނަމަ ވެމްކޯއަކީ ފައިދާވާ ތަނަކަށް ހެދޭނެ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި އަގުތައް ހެޔޮކުރުމުގެ އިތުރަށް ކުންފުނި ހިންގުން ވެސް ވަރުގަދަކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355