twitterviber whatsapp telegramfacebookyoutube instagram
28th September 2023

ސައިޓް އަނދައި ހުލި، މީހަކަށް އަނިޔާއެއް ނުވޭ

Sep 16, 2023

ކުޅުދުއްފުށީގައި މިއަދު ހިންގި ނުރައްކާތެރި އަލިފާނުގައި ހާދިސާގައި އަލިފާން ރޯވި ސައިޓް އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަލިފާން ރޯވީ ކުޅުދުއްފުށީ ވެލިގަނޑުގައި އިމާރާތްކުރާ ޓަވަރުތަކުގެ މަސައްކަތްކުރާ ސައިޓްގެ އެކޮމޮޑޭޝަން ބުލޮކެއްގަ އެވެ.

100 އަށްވުރެގިނަ މީހުން ބޭނުންކުރާ މި އެކޮމޮޑޭޝަން ބުލޮކަކީ 150 މީހުންގެ ޖާގައިގެ ތަނެކެވެ. ދޮންބޭޒް ކުންފުނީގެ މި ސައިޓް އެކޮމޮޑޭޝަން ބޭނުންކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.

ރޯވި ވަގުތުގައި އެތަނުގައި ގިނަ މީހުން ނެތް ނަމަވެސް ބައެއް މީހުން ނިދާފައި ތިއްބެވެ. ރޯވުމުން އެ މީހުން ނުކުމެފައިވާއިރު އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ. އެހެންނަމަވެސް އަލިފާން ނިންވާލުމުން އެތަނުގައި ހުރި ބައެއް ސާމާނު ނެރެން އުޅުން އެކި މީހުންނަށް ކުދި އަނިޔާތައް ލިބުނެވެ.

އެ އަނިޔާތަކަށް ލިބުނު މީހުންނަށް ރެޑްކުރެސެންޓުން ވަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަލިފާނުގެ މި ހާދިސާގައި އެކޮމޮޑޭޝަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިފަވެފަ އެވެ. ރޯވީތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ތަނަން ހުޅުގަނޑު ފެތުރުނެވެ. އެތަން ނިންވާލީ ސިފައިންގެ އެހީތެރިކަމާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355