twitterviber whatsapp telegramfacebookyoutube instagram
30th April 2024

ފަރޭގެ ކެމްޕެއިން އޮފީހުގައި ބަޔަކު ރޯކޮށްލައިފި

އަބްދުލް ވާހިދު ޙަސަން
Apr 16, 2024
1

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ފަރުހަތު މުހައްމަދު(ފަރޭ)ގެ ކެމްޕެއިން އޮފީހުގައި ބަޔަކު ހުޅު ޖަހާ ރޯކޮށްލައިފި އެވެ.

ފަރޭގެ ކެމްޕެއިން އޮފީސް ހިންގަމުންދާ 'ފަހުގުރުގެ' ހުޅު ޖަހާފައިވަނީ ރޭ މެންދަމު 3:53 ހާއިރު އެވެ. ސީސީޓީވީ ފްޓޭޖުން ފެންނަގޮތުގައި އެތަނުގައި އަލިފާންކޮށްލާފައިވަނީ ވިއްސާރަ ކޯޓެއް ލައިގެން ތިބި ދެ މީހުންނެވެ. އެ ވަގުތަކީ ވާރޭވެހެމުންދިޔަ ވަގުތެއްވެސްމެ އެވެ.

ފަރޭ ވިދާޅުވީ މި ހާދިސާގައި މުހިންމު ލިޔެކިޔުންތަކެއް އަނދާފައިވާ ކަމަށެވެ. އަދި ކެމްޕެއިނަން ގެންގުޅޭ ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރު ސިސްޓަމުގެ އިތުރުން އެތަނުގައި ބޭނުންކުރާ އެހެން ތަކެެތި ބޭނުން ނުކުރެވޭ ވަރަށް އަނދައި ގެއްލުންވެފައިވާ ކަމަށެވެ.

މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ކެމްޕެއިން އޮފީހުގެ މަސައްކަތްތައް ރޭ ނިންމާލައި އޮފީސް ބަންދުކުރީ 12:30 ހާއިރު ކަމަށާއި ކަރަންޓް މައްސަލަ އުޅޭތީ އޮފީސް ބަންދުކޮށްފައި މުޅި ތަނުން ކަރަންޓް ކަނޑާލާކަމަށެވެ.

އެތަން ރޯކޮށްލަން ވަދެފައިވަނީ ތަޅު އެއްޗެއް ބޭނުންކޮށްގެން މަތާލުމަށްފަހު އެވެ. އަދި ރޯކޮށްލާފައިވަނީ ފެޓްރޯލްފަދަ އެއްޗެއް އަޅައިގެން ކަމަށް ބެލެވޭ ކަމަށާއި ލެޕްޓޮޕްތަކުގެ މައްޗަށްވެސް އެ އެއްޗެއް އަޅާފައިވާ ކަމަށް އެ މީހާ ބުންޏެވެ.

ރޯކޮށްލުމަށްފަހު ނުކުތުމުގެ ތެރޭގައި އެކަކު ދޮރުމައްޗަށް ވެއްޓޭ މަންޒަރުވެސް ކެމެރާއިން ފެނެ އެވެ. އަދި އެ މީހާ ވެއްޓުމުގެ ތެރޭގައި އެތަނުގައި ކޮންމެވެސް ގޮތަކުން ތަނެއް ހަލާކުވެ ލޭގެ އަސަރުވެސް އެތަނުގައި ހުރިކަމަށް ކޭއޯއާ ވާހަކަދެއްކި މީހާ ބުންނެވެ. އަދި ލޭގެ ސާމްޕަލް ފުލުހުން ނެގިކަމަށްވެސް އެ މީހާ ކިޔައިދިނެވެ.

މިހާދިސާ ފުލުހުން މިހާރު އަންނަނީ ތަހްގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355