twitterviber whatsapp telegramfacebookyoutube instagram
6th December 2025

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އަންނައުނާއި ތަކެތި ހަދިޔާކުރަން ހުޅުވާލައިފި

Sep 16, 2023

ކުޅުދުއްފުށި ލޭބަރ ކުއާޓާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަންނައުނާއި ތަކެތި ހަދިޔާކުރުމަށް އާންމުންގެ އެހީތެރިކަމަށް ހުޅުވާލައިފި އެެވެ.

އަލިފާން ރޯވީ 400 ހައުންސިންގ ޔުނިޓްގެ ބިދޭސީ ތިބޭ އެކޮމެޑޭޝަން ބްލޮކެއްގައި މިއަދު މެންދުރުފަހު 14:20 ހާއިރު އެވެ. 100 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ އެތަން އަނދާހުލިވީ އެ މީހުން ގެންގުޅޭ ގިނަ ސާމާނާއެކު އެވެ.

އެހެންވުމުން އެ މީހުންނަށް އެހީތެރިވުމަށް ތަކެތި ހަދިޔާކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެެވެ. ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ، އަންނައުނު ހަދިޔާކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ހަދިޔާކުރަން ބޭނުންވަނީ ބޮޑެތި ފިރިހެނުންގެ ޓީޝާޓް، ސޯޓް، ގަމީސް އަދި ފަޓުލޫނު، ތުވާލި، ބެޑްޝީޓް، ފައިވާން، ރަޖާ، ކުނާ، ބޫޓް ފަދަ ތަކެތި ހަދިޔާކުރެވިދާނެ އެވެ.

އަލިފާން ރޯވި ވަގުތުގައި އެތަނުގައި ގިނަ މީހުން ނެތް ނަމަވެސް ބައެއް މީހުން ނިދާފައި ތިއްބެވެ. ރޯވުމުން އެ މީހުން ނުކުމެފައިވާއިރު އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ. އެހެންނަމަވެސް އަލިފާން ނިންވާލުމަށްފަހު އެތަނުގައި ހުރި ބައެއް ސާމާނު ނެރެން އުޅުން އެކި މީހުންނަށް ކުދި އަނިޔާތައް ލިބުނެވެ.

އެ އަނިޔާތަކަށް ލިބުނު މީހުންނަށް ރެޑްކުރެސެންޓުން ވަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންދާކަމަށް ސިފައިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355