twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 21, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސްކޮލާޝިޕް ފަންޑަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުރުސަތު ހުޅުވާލި މި ސްކޮލާޝިޕް ފަންޑުގެ މައިގަނޑު އަމާޒަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާއިން ހުނަރުވެރި ޒުވާނުންތަކެއް ބިނާ ކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ފަންޑުގެ އެހީގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރަކަށް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން، އެކައުންޓިން، ފައިނޭންޝިއަލް ޓެކްނޮލޮޖީ، ފައިނޭންޝިއަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝިއަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލުން ބުނީ މި ފަންޑަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންނަށްކަމަށެވެ. އަދި މި ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި، މަހުން މަހަށް ދޭ ސްޓައިޕެންޑްތަކާއި، ވިސާގެ ފީއާއި، ފޮތް ގަތުމުގެ ހަރަދުތަކާއި އެސްޓެބްލިޝްމެންޓް އެލްވަންސްގެ އިތުރުން ޓިކެޓް ޚަރަދުތައްވެސް ދަރިވަރުންނަށް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވެއެވެ.

މި ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު އަދި ބޭނުންވާ އިތުރު ލިޔެކިޔުންތައް [email protected] އަށް މިއަންނަ ނޮވެންބަރު މަހުގެ ރޭގަނޑު 11:59ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

މި ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355