twitterviber whatsapp telegramfacebookyoutube instagram
20th September 2026

އެމްޑީޕީ ދޫކޮށް ހދ ރައީސް ޕީޕީއެމަށް

އަބްދުލް ވާހިދު ޙަސަން
Sep 23, 2023

އަތޮޅުތެރޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހދ އަތޮޅުގެ، އަތޮޅު ކައުންސިލުގެ ރައީސް އެމްޑީޕީ ދޫކޮށް އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގަންނަވައިފި އެވެ.

އަތޮޅު ރައީސް ސިރާޖް ޕީޕީއެމްއަށް ސޮއިކުރެއްވީ ރޭ ކުޅުދުއްފުށީގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވެވި ކެމްޕެއިން ޖަލްސާގެ ތެރެއިންނެވެ.

ޕީޕީއެމްއަށް ސޮއިކުރައްވައި ސިރާޖް ވަނީ ފޯމް ޑރ. މުއިއްޒަށާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހަވާލުކުރައްވާފައެވެ.

ސިރާޖްގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ ކުޅުދުއްފުށި 25 ޒުވާނަކު ޕީޕީއެމްއާ ގުޅިފައެވެ. އެ ހުރިހާ ފަރާތްތަކުންވެސް ރޭގެ ޖަލްސާގައި ވަނީ ފޯމް ހަވާލުކޮށްފައެވެ.

ސިރާޖަކީ ވައިކަރަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293