twitterviber whatsapp telegramfacebookyoutube instagram
26th September 2026

އެމްއައިބީން މިހާރު އެހެން ބޭންކް ތަކަށް ވަގުތުން ފައިސާ ފޮނުވޭނެ

ނަބީލާ އިސްމާޢީލް
Sep 25, 2023

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ފައިސާ މޯބައިލްއިން މިހާރު ވަގުތުން އެހެން ބޭންކު ތަކަށް ޓްރާންސްފާކޮށް ފައިސާ ފޮނުވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީއިން ބުނީ މިހާރު ވަކިން ފައިސާ ނެޓަށް ނުވަދެ ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު އެ ބޭންކުގެ ކަސްޓަމަރުންނަށް ސެލްފް ރެޖިސްޓްރޭޝަން މެދުވެރިކޮށް އަމިއްލައަށް ފައިސާ ނެޓަށް އަދި ފައިސާ މޯބައިލްއަށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށް ބުންޏެވެ.

އަމިއްލައަށް ރެޖިސްޓާ ވެލުމަށްޓަކައި ފައިސާނެޓުގެ އެޕު މެދުވެރިކޮށް ފުރިހަމަ ކުރަން ޖެހޭ މައުލޫމާތުތައް ފުރިހަމަ ކޮށްލުމަށްފަހު، ޕްރޮސީޑަށް ފިތާލުމުން އަމިއްލައަށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ފައިސާނެޓަކީ ޓޫ ފެކްޓާ އޯތެންޓިކޭޝަންއާއެކު ވަރަށް ރައްކާތެރި ހިދުމަތެއް ކަމަށެވެ.

ފައިސާނެޓަކީ ބޭނުންކުރަން ފަސޭހަ، ރައްކާތެރި އަދި ގިނަ ހިދުމަތްތަކެއް ލިބޭ އިންޓަނެޓް ބޭންކިން ހިދުމަތެކެވެ.

ދާދި ފަހުން އެމްއައިބީން ވަނީ ފަވަރައަށް ހާއްސަ ސެކްޝަނެއް ފައިސާނެޓުގެ އެޕުގައި ހަދާފައެވެ. މި ހިދުމަތް ބޭނުންކުރުމަށް އެމްއައިބީގެ ފައިސާ ނެޓަށް ލޮގިންވެ، މެނޫއިން ފަވަރަ ހިޔާރު ކުރުމަށްފަހު ބޭނުން ހިދުމަތެއް ނެގޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293