twitterviber whatsapp telegramfacebookyoutube instagram
4th May 2026

ފުރަތަމަ ފަހަރަށް އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

Mar 20, 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއައިބީން ބުނީ، މއ. ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމުން އެމްއައިބީ ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށެވެ. އަދި މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު، ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމްތަކުން ކޮންމެ ކަސްޓަމަރަކަށް ދުވާލަކު 1،000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެއެވެ.

މި އޭޓީއެމްތަކުން ޑޮލަރު ނަގަން މި ވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑު އެކަންޏެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމުންވެސް ލިބެއެވެ.

ޑޮލަރުގެ އިތުރުން، ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނޭކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީ އިން ޑޮލަރު އޭޓީއެމްއެއް މާލޭގައި ބެހެއްޓީ އެ ބޭންކަށް 12 އަހަރު ފުރުމާ ދިމާކޮށެވެ.

މާލެ، ވިލިމާލޭގެ އިތުރުން ތިލަފުށި، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށިން ވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355