twitterviber whatsapp telegramfacebookyoutube instagram
10th August 2026

އެމްއައިބީ ކުޅުދުއްފުށީ ބުރާންޗަށް އާ މެނޭޖަރެއް

ނަބީލާ އިސްމާޢީލް
Feb 20, 2024
3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރަކަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެމްއައިބީގެ ކުޅުދުއްފުށީ ބުރާންޗަށް އާ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސި މުހައްމަދު އިހުސާންއަކީ ބޭންކިންގ ދާއިރާގެ މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އެގޮތުން މީގެ ކުރިން އިހުސާން މަސައްކަތް ކުރެއްވީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.

އެމްއައިބީ ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރަކަށް މީގެ ކުރިން ހުންނެވީ އާދަމް އަހުމަދެވެ. ކުޅުދުއްފުށީގައި އެމްއައިބީގެ ބުރާންޗެއް ހުޅުވީ 2016 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355