twitterviber whatsapp telegramfacebookyoutube instagram
6th May 2024

އަފީފުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 27, 2023

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. އަފީފުއްދީން ސްކޫލްގެ ހޯލްގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި 70 ކެޑޭޓުން ވަނީ ހުވާކޮށްފަ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ކެޑޭޓްކޯ ސެންޓަރަލް އޭރިއާ ރެޖްމަންޓް ކޮމާންޑަރ މޭޖަރ އުމަރު އިބުރާހިމެވެ.

ކެޑޭޓުންނަށް ހުވާލާ ދެއްވީ ހދ އަތޮޅު ޖުޑިޝަލް ހިންގުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ.

ހަތިޔާރު ހަވާލުކުރެވޭއިރު އަންގާ އެންގުން އެންގީ އެމްއެންޑީއެފް ނޯދަން އެރިއާ ކޮމާންޑް ޓްރެއިންގ އެންޑް އޮޕަރޭޝަން އޮފިސަރު މޭޖަރ މުހައްމަދު އިޝްފާނެވެ.

އަދި ހަތިޔާރު ހަވާލުކޮށްދެއްވީ މޭޖަރ އިޝްފާނާއި އެމްއެންޑީއެފް ނޮދަން އޭރިއާ މެރިން ޑިޕްލޮއިމެންޓް ޔުނިޓް ޔުނިޓް 6 ގެ ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުހައްމަދު ރައިހާނެވެ.

މި ރަސްމިއްޔާތުގައި އަފީފުއްދީން ސްކޫލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމާއި ޕީޓީއޭ އަދި އިސްވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355