twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން ހުއްޓުވާ ކަރަންޓާއި ފެންވެސް ކަނޑާލައިފި

Oct 10, 2023

އިޒްރޭލުން ހިފާފައިވާ ޣައްޒާ އެއްކޮށް ބަންދުކޮށް، އެ ސަރަހައްދަށް އެއްވެސް ވަރަކަށް ކާބޯތަކެތި ނުވެއްދޭ ގޮތް ހަދާ ކަރަންޓާއި ފެނުގެ ހިދުމަތްތައް ކަނޑާލުމަށް އިޒްރޭލުން ނިންމައިފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ޣައްޒާއަށް ކާބޯތަކެތީގެ އިތުރުން ތެޔޮ ވެސް އެތެރެ ނުކުރެވޭ ގޮތް ހަދައި، އެ ސަރަހައްދުން ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ކަނޑާލާނެ ކަމަށެވެ.

"ޣައްޒާ ވަށާލައި، އެއްކޮށް ބަންދުކުރަން އަންގައިފި. [ޣައްޒާއަށް] ކަރަންޓެއް ނުލިބޭނެ، ކާއެއްޗެއް ނުލިބޭނެ، ތެލެއް ނުލިބޭނެ. ހުރިހާ އެއްޗެއް ބަންދުވީ،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިޒްރޭލުން މިފަދައިން ފިޔަވަޅު އަޅާފައިވަނީ މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ގާޒާއަށް މެދުނުކެނޑި ހަމަލާ ދެމުންދާ ދަނޑިވަޅެއްގަ އެވެ.

ވަށައިގެން ބަންދުކޮށްފައިވާ ގާޒާގައި ދިރިއުޅޭ 2.3 މިލިއަނެއްހާ މީހުން ފެނާއި ކަރަންޓު އަދި ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތަކަށް ބަރޯސާވަނީ އިޒްރޭލަށެވެ. އެހެން ގައުމަކުން ގާޒާއަށް ތަކެތި އެތެރެކުރުން އޮންނަނީ މަނާކޮށްފަ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ޣައްޒާގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ އިޒްރޭލުގެ ރައްޔިތުން، ހަމާސްގެ ފަރާތުން ރައްކާތެރިކުރުމަށެވެ. ނަމަވެސް ހަމާސްއަށް ފިޔަވަޅު އެޅުމަށް ޓަކައި، އިޒްރޭލުން ދަނީ ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީއަށް އަނިޔާ ލިބޭ ގޮތަށް ފިޔަވަޅުތައް އަޅަމުންނެވެ.

ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކުން ވަނީ އިޒްރޭލުން އެ ފިޔަވަޅުތައް އަޅަނީ ޖެނީވާ ކޮންވެންޝަނާއި އެހެނިހެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެފައެވެ.

ހަނގުރާމައާ ގުޅިގެން 123،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ގާޒާއަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އދ. އިންވެސް ވަނީ އެދިފަ އެވެ.

ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން މަރުވެ، 2،200އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 570އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 2،900އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355