twitterviber whatsapp telegramfacebookyoutube instagram
7th October 2026

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ބައި މިލިއަން ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް

ނަބީލާ އިސްމާޢީލް
Mar 21, 2026

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ނިންމައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ، އެ ފައިސާ ހަދިޔާކުރީ، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ފަސް ލައްކަ ރުފިޔާ ޒަކާތު ހައުސްއިން ވަނީ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފައެވެ.

ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ އެ މިނިސްޓްރީއާ ވެސް ޒަކާތު ހައުސްއިން ވަނީ ހަވާލުކޮށްފައެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމުލަ 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުކެނޑުމެއްނެތި އިސްރާއިލުން އައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ގެއްލުމެއް ވަނީ ލިބިފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެސް ވަނީ ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293