twitterviber whatsapp telegramfacebookyoutube instagram
20th February 2026

ބީއެމްއެލްގެ އެޕޮއިންޓްމަންޓް ޕޯޓަލްއަށް ހެޔޮ ބަދަލެއް

ނަބީލާ އިސްމާޢީލް
Oct 22, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބްރާންޗް އަދި ސާވިސް ސެންޓަރުން ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތައް ތައާރަފްކޮށްފައިވާނެ ކަމަށެވެ.

މިއާ އެކު، ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިޔަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީހާއި ގަޑި ފަސޭހަކާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އަދި ޕާސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބީއެމްއެލް ގެ ޓީމާއި ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގ ގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ.

މީގެއިތުރުން ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންގ އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެއެވެ. އަދި ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް އަށް ވަދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355