twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ބޮންއަޅާ އެއްކޮށް ސުންނާފަތި ކޮށްލައިފި

Nov 1, 2023

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާގެ އުތުރުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިޔާ ކޭމްޕަށް ބޮން އަޅާ އެއްކޮށް ސުންނާފަތި ކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި 50އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާ 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ރިފޯޓްކޮށްފައިވެ އެވެ. އަދި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން 20 ގެއެއް އެއްކޮށް ބިމާ ހަމަވި އެވެ.

އިޒްރޭލުން ބުނާ ގޮތުގައި މިއީ އެ ކޭމްޕުގައި ފިލައިގެން އުޅުނު ހަމާސްގެ ލީޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. ހަމާސްއިން ވަނީ އެ ޖަމާއަތުގެ ލީޑަރަކު އެ ކޭމްޕުގައި ނޫޅޭ ކަމަށް ބުނެފަ އެވެ.

އެ ކޭމްޕު ކައިރީގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ބިންމަތީގައި އެތައް ބަޔަކަށް ފަރުވާ ދޭ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ޝަހީދުވީ މުސްލިމުންގެ އަދަދު މިހާރު ވަނީ 8500 އަށް ވުރެ މަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ އަލްމަޔާދީން ނޫހުން ބުނެއެވެ. އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.

މީގެ އިތުރުން، 2000 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި 1100 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

ޔަހޫދީން އަންނަނީ އެ މީހުންގެ ހަމަލާތައް ހޮސްޕިޓަލްތަކަށް ތަކުރާރުކޮށް އަމާޒުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355