twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރޯޑް ރޭހުން 12 ޖަމިއްޔާއަކަށް ހަ ލައްކަ ރުފިޔާ

Nov 13, 2023

ދިރާގުން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޭސްގައި މިއަހަރު ޕާޓްނާޝިޕް ހެދި 12 ޖަމިއްޔާއަށް ހަ ލައްކައަށް ވުރެން ގިނަ ރުފިޔާ ދީފިއެވެ.

މިދިޔަ މަހު ބޭއްވި ރޯޑް ރޭސް ވެސް ޚާއްސަ ކުރީ ކުޑަކުދިންގެ ރައްކާތެރި ކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރި ކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ދިރާގުން ދިނެވެ. އެގޮތުން ރޭސް ބޭއްވީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ 12 ޖަމިއްޔާއަކާ ގުޅިގެންނެވެ.

އެގޮތުން ދިރާގުން ވަނީ ކޮންމެ ދުވުންތެރިއެއް ވެސް ރޭހަށް ރަޖިސްޓްރީ ކުރާއިރު، 12 ޖަމިއްޔާގެ ތެރެއިން ބޭނުން ޖަމިއްޔާއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ދުވުންތެރިން އެންމެ ގިނައިން ނޮމިނޭޓް ކުރި ފަސް ޖަމިއްޔާއަކަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ ހަތަރު ލައްކަ ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނާ ޖަމިއްޔާ ތަކުގެ މެދުގައި ބަހާފައެވެ. އެގޮތުން މިއަހަރުގެ ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ ހަލައްކަ ރުފިޔާ ޖަމިއްޔާތަކަށް ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރުގެ ރޭހުން އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް ޖަމިއްޔާ:

  • ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
  • އާކް - އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން
  • މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
  • ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
  • މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ އިތުރު ޖަމިއްޔާތައް:

  • ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
  • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބ.ީވ.ީއައ.ިއެސ.ްއެމް)
  • ކެއާ ސޮސައިޓީ
  • މޮމްސް އެއިޑް
  • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމް.އޭ.ޕ.ީޑީ)

ދިރާގުން ބާއްވާ މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355