twitterviber whatsapp telegramfacebookyoutube instagram
27th April 2024

މި އަހަރުގެ އިސްރަށްވެހިންގެ ހަވީރު ހޮނިހިރު ދުވަހު، އޮންނާނީ ޖަލާލުއްދީން ސްކޫލުގައި

Nov 17, 2023

ދިވެހި ރެޑް ކްރެސެންޓް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު، 18 ނޮވެމްބަރު 2023 ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

އެފަރާތުން މައުލޫމާތު ދިން ގޮތުގައި މި ހަވީރު އޮންނާނީ އެދުވަހުގެ ހަވީރު 04:00 އިން 05:30 އަށް ޖަލާލުއްދީން ސްކޫލުގައެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ހަވީރުގެތެރޭގައި ހިމެނޭ ހަރަކާތްތައް، އެހެން އަހަރުތަކުގެ ހަވީރުތަކުގެ ހަރަކާތްތަކާ ކޮންމެވެސް މިންވަރަކަށް ތަފާތުވާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން މި އަހަރުގެ ހަވީރުގައި ހަކުރާ ލޭގެ މިންވަރު ޗެކް ކުރުމާއި، ދުޅަހެޔޮ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޕެންޝަން ފޯމާ ގުޅޭ ހިދުމަތްތައްވެސް މި ހަވީރުގެ ތެރެއިން ލިބިގެންދާނެއެވެ.

ރެޑް ކްރެސެންޓް އިން މައުލޫމާތު ދިން ގޮތުގައި މި އަހަރުވެސް އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރާ ކުޅުދުއްފުށީގެ އެހެން މުއައްސަސާތަކުންވެސް މި ހަވީރުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިޓީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީ، ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރު، ފުލުހުން އަދި ޔަންގް ލީޑަރސް އިން ބައިވެރިވާނެއެވެ.

ކޮންމެ އަހަރެއްގެވެސް އިސްރަށްވެހިންގެ ހަވީރަކީ އުމުރުން ދުވަސްވީ ފަރާތްތަކުން، އެއުމުރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ހަނދާންތައް އާކޮށް، ރަހުމަތްތެރިކަން އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުސަތެކެވެ. މި ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު، އުމުރުން 60 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ހަވީރު ކުރިއަށް ގެންދަނީ އަލިފުޅުތުއްތު ފައުންޑޭޝަނުގެ މާލީ އެހީތެރިކަމާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355