twitterviber whatsapp telegramfacebookyoutube instagram
28th April 2024

ގިނަ ހަރަކާތްތަކަކާއެކު ހިއުމެނިޓޭރިއަން ފެސްޓިވަލް މާދަމާ ކުޅުދުއްފުށީގައި ބާއްވަނީ

Aug 17, 2023

ދިވެހި ރެޑް ކްރެސެންޓްގެ 14 ވަނަ އަހަރީ ދުވަހާއި، ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ހިއުމެނިޓޭރިއަން ފެސްޓިވަލްގެ ނަމުގައި ބާއްވަމުން އަންނަ އާއިލީ ހަވީރު، މި މަހުގެ 18 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި އަހަރުގެ ހިއުމެނިޓޭރިއަން ފެސްޓިވަލްގައިވެސް ގިނަ ސްޓޯލްތަކެއް ހިމެނިގެންދާނެކަމަށާއި، މި ސްޓޯލްތަކުގައި ކުޑަކުދިންނާއި އެނޫންވެސް އުމުރުތަކުގެ ފަރާތްތަކަށް ހާއްސަ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށް، ރެޑް ކްރެސެންޓް އިން މައުލޫމާތުދެއެވެ.

ރެޑް ކްރެސެންޓް އިން ބުނިގޮތުގައި މި އަހަރުގެ ފެސްޓިވަލްގައިވެސް، ރެޑް ކްރެސެންޓްގެ އެކި ސްޓޯލްތަކުގެ އިތުރުން، ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ ފަރާތުން ސްޓޯލްތައް ބައިވެރިކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ކުޅުދުއްފުށި ކަސްޓަމްސް، އަދި ޔަންގް ލީޑަރސް ކުޅުދުއްފުށި ބްރާންޗްގެ ފަރާތުން މި ފެސްޓިވަލްގައި ބައިވެރިވާނެއެވެ.

މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހިމެނެއެވެ.

ހިއުމެނިޓޭރިއަން ފެސްޓިވަލްގައި ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކަކާއި، ކެރިއަރ ގައިޑެންސްގެ މަޢުލޫމާތު އަދި ކާބޯތަކެތި ލިބޭ ކެންޓީނެއްވެސް ހުންނާނެކަމަށް ރެޑް ކްރެސެންޓް އިން މަލޫއުމާތު ދެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 އިން 18:00 އަށް، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355