twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ޒުވާނުން ޒުވާނުންނަށް: ދިރިއުޅުމަށް ބޭނުންވާ ކުދި ހުނަރުތައް ދަސްކޮށްދޭ ޕްރޮގުރާމެއް މި ހަފުތާ ބަންދުގައި

Aug 7, 2024

ދިވެހި ރެޑްކުރެސެންޓުން "ޔޫތު އޭޒް އެޖެންޓްސް އޮފް ބިހޭވިއަރ ޗޭންޖް"ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާ، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އޯގަސްޓް މަހުގެ 9 އަދި 10 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ލައިފް ސްކިލްތަކުގެ ތެރޭގައި ހިމެނޭ އެކި ކަންކަމަށް އަލިއަޅުވާލާ، ޒުވާނުންނަށް މި ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން އެކްޓިވް ލިސިނިންގ، ދޭދޭ ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތައް/ދެބަސްވުންތައް ހައްލުކުރުން، ޕާސަނަލް ރެޒީލިއަންސް ނުވަތަ ދިމާވާ އުނދަގޫ ކަންކަމުގައި ކުރިއަށް ދިއުމުގެ ގާބިލުކަން އިތުރުކުރުންފަދަ ހުނަރުތައް، މި ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދޭނެއެވެ.

އުމުރުން 25 އަހަރުން ދަށުގެ ޕިއަރ އެޑިއުކޭޓަރުން މެދުވެރިކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށް، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. އެގޮތުން https://bit.ly/4d8fRGb އަށް ޒިޔާރަތްކޮށްގެން ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ 20:30 އިން 22:30 އަށް ކަމަށް ރެޑް ކްރެސެންޓް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355