twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Nov 23, 2023

މި އަހަރުގެ ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށްޓަކައި ދިރާގާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހު 21 ން ފެށިގެން 25ގެ ނިޔަލަށް، ޤައުމީ ޓެނިސް ސެންޓަރުގައެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. މީގެ އިތުރުން، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ތައިލެންޑުން ވެސް ބައިނަލްއަގުވާމީ އެތުލީޓުން ބައިވެރިވެއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޑިރެކްޓާ އިގްނާޒް މަންސޫރު ވިދާޅުވި ގޮތުގައި މި މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެ ފަރާތްތަކުގެ ހުނަރު އިތުރަށް ކުރިއަރުވާ، ސަރަހައްދީ ކުޅުންތެރިންނާ ވާދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި ދިރާގުން މިކަން މަގުފަހިކޮށްދިނުމަށް ދެމުންދާ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރިއެވެ.

ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށާއި އެތުލީޓުންގެ ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން މި މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުން ބައިނަލްއަގްވާމީ މައިދާންތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލެވޭފަދަ ޕްލެޓްފޯމެއް ގާއިމު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355