twitterviber whatsapp telegramfacebookyoutube instagram
19th May 2025

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ސޯލިހް

އަބްދުލް ވާހިދު ޙަސަން
Nov 29, 2023

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ސޯލިހް ހުސައިން އައްޔަނުކުރައްވައިފި އެވެ.

ކުޅުދުއްފުއްޓަށް އުފަން ސޯލިހަކީ ވިޔަފާރި އާއި އިގްތިސޯދީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި އަދި އެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ސާލިހަކީ އެކޮނޮމިކް މިނިސްޓްރީގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. 1992 އަހަރު ސަރުކާރުގެ ހިދުމަތާއި ގުޅިވަޑައިގެން އެމިނިސްޓްރީގައި ކުރިން އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި، އިކޮނޮމިކް އެފެއަރޒް އޮފިޝަރކަމާއި، ޑިރެކްޓަރުކަމާއި އަދި ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެސިއަލިސްޓް ކަން ހިމެނެއެވެ.

މީގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެމްބަރުކަމާއި ޗެއަރމަންކަން ކުރައްވާފައިވެ އެވެ. އެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަންގެ މަގާމުވެސް ފުރުއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355