twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ބާޒާރުގައި 14 ވިޔަފާރިއަކުން ބައިވެރިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Nov 30, 2023
1

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ބާޒާރުގައި މިއަހަރު 14 ވިޔަފާރިއަކުން ބައިވެރިވެފައިވާކަމަށް އެކަން އިންތިޒާމުކުރާ ޖަލާލުއްދީން ސްކޫލުން ބުނެފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ މި ބާޒާރު މިއަހަރުވެސް އޮންނާނީ ޑިސެމްބަރު 14 - 16 އަށެވެ.

އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި ބާޒާރުގައި މިއަހަރުވެސް ގިނަ އަދި ތަފާތު ތަކެތި އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވާ ވިޔަފާރިވެރިންގެ މި ބާޒާރަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބާޒާރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355