twitterviber whatsapp telegramfacebookyoutube instagram
4th May 2024

ހިޔަލަ އެކްސްޕޯ އިން އެއްވަނަ ނާޒިލާއަށް

އަބްދުލް ވާހިދު ޙަސަން
Dec 3, 2023
1

އަންހެން މަސައްކަތްތެރިންގެ މައުރަޒު "ހިޔަލަ" އެކްސްޕޯ އިން އެއްވަނަ ކުޅުދުއްފުށީ، ނާޒިލާ އަލީ ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ މި އެކްސްޕޯގައި 6 ރަށަކުން 42 އަންހެނުން ބައިވެރިވެ އެ މީހުންގެ އުފެއްދުންތައް ދައްކާލާފައިވެ އެވެ.

އެކްސްޕޯއިން އެއްވަނަ ނާޒިލާ އަލީ ހޯދިއިރު ދެވަނަ ހޯދާފައިވަނީ ނޮޅިވަރަންފަރު، އައިމިނަތު ޝާހިދާ އެވެ. އަދި ތިންވަނަ ހޯދީ ކުޅުދުއްފުށީ، ހަބީބާ އަހުމަދެވެ.

މުޅި މުބާރާތުން ވަނަ ހޮވުމުގެ އިތުރުން 5 ދާއިރާއަކުންވެސް ވަނީ ވަނަ ހޮވާ، ބައިވެރިންނަށް އިނާމުދީ އަގުވަޒަންކޮށްފަ އެވެ.

* ކޭކް އެންޑް ޕޭސްޓްރީ ދާއިރާ

- އެއްވަނަ: ނާޒިލާ އަލީ

- ދެވަނަ: އައިމިނަތު ޝާހިދާ

- ތިންވަނަ: އިނާޔަތު މުހައްމަދު

ޕެކޭޖިންގ ފުޑް އައިޓަމްސް ދާއިރާއިން ހުރިހާ ވަނައެއް ކާމިޔާބުކޮށްފައިވަނީ އައިޝަތު އާދަމެވެ.

* ގާރމަންޓްސް އެންޑް ކުލޯތް

- އެއްވަނަ: އަޒީޒާ އަލީ

- ދެވަނަ: ފަހޫރާ ގާސިމް

- ތިންވަނަ: މަޖްދާ އާދަމް

* ޑެކަރޭޝަންސް އެންޑް ހައުސް ހޯލްޑް

- އެއްވަނަ: ހަބީބާ އަހުމަދު

- ދެވަނަ: ހަބީބާ އަހުމަދު

- ތިންވަނަ: ހަސީނާ އަބުދުލްރަހުމާން

* ހޭންޑިކްރާފްޓް / އެހެނިހެން

- އެއްވަނަ: މަޖްދާ އާދަމް

- ދެވަނަ: ހައްވާ ތަސްލީމާ

- ތިންވަނަ: ފާތިމަތު ޒޫނާ

މިއީ ބައިނަލްއަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މައުރަޒެކެވެ.

މި އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އަދި ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުގެ ވެރިންނާއި އަންހެން ކޮމެޓީގެ ރައީސާގެ އިތުރުން ބައެއް މުއައްސަސާތަކުންގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355