twitterviber whatsapp telegramfacebookyoutube instagram
28th April 2024

އާދަމް ޝަރީފްއާ ބައްދަލުކުރައްވައި މޭޔަރު އެދިވަޑައިގެންނެވީ އިގްތިސޯދު ލާމަރުކަޒުކޮށް، ފަތުރުވެރިކަމުގެ ނަފާ މުޅިރާއްޖެއަށް ފަތުލާރަދިނުމަށް

އަބްދުލް ވާހިދު ޙަސަން
Dec 3, 2023
2

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ބައްދަލުކުރައްވައި ދާއިރާގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރެއްވުމަށް މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތައް ހިންގުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާއި ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަށް ބޭނުންވާ މުހިންމު ބައެއް ކަންކަން މިނިސްޓަރާ ހިއްސާކުރުމުގެ ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، މި ބައްދަލުވުމުގައި ނުހަނު މުހިންމު ކަމެެއްގެ ގޮތުގައި ދެކިގެން ހައްލުކޮށްދެއްވުމަށް އެދެވުނު އެއްކަމަކީ ޕަބްލިކް ވޯކްސްގެ ވަސީލަތްތައް އިތުރުކޮށްދީ އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިދެއްވާ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކަށެވެ.

އަދި ރާއްޖޭގެ އިޤްތިސާދު ލާމަރުކަޒުކޮށް، ފަތުރުވެރިކަމުގެ ނަފާ ވީހާވެސް ބޮޑަކަށް މުޅިރާއްޖެއަށް ފެތުރޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ސަރުކާރުގެތެރެއިން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން މިވަގުތުވެސް ކުރެވިދާނެ އެއްކަމެއްގެގޮތުގައި މޭޔަރު ފާހަގަކުރެއްވީ، ރާއްޖެއަށް އަންނަ ސުޕަރޔޮޓްތަކަށް ދޫކުރާ ޕާމިޓްގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށެވެ.

މިވަގުތުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ބޭރުގެ ސުޕަރޔޮޓް ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު މާލެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، އޭގެ ތެރެއިން ބައެއް ބޮޑުތިލަދުންމަތި ކަހަލަ ޓޫރިޒަމްގެ ސިނާއަތު ނެތް ސަރަހައްދަކަށް ޑައިވާޓްކޮށްލެވިއްޖެނަމަ މިސަރަހައްދުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުން ބޮޑު މަންފާއެއް ހޯދިދާނެ ކަމަށެވެ.

އަދި ޔޮޓްތަކުގެ ސަޕްލައި، ފިއުލް، އަދި ފަސިންޖަރުންނަށް ޑައިވިން، ވޯޓަރ ސްޕޯޓްސް އަދި އެހެނިހެން ހިތުމަތާއި މުދާ ވިއްކައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ މިސަރަހައްދުގައި މި އިންޑަސްޓްރީ ފުޅާކުރެވިދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355