twitterviber whatsapp telegramfacebookyoutube instagram
27th July 2024

މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެށް ދަށް ނުކުރާނަން: ރައީސް

Dec 10, 2023
1

މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަސްވެރިންނަށް އަނެއްކާވެސް ދެއްވައިފިއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ރޭ މަސްވެރިންގެ ގުންޒަރު ސެޝަންގައި މަސްވެރިންގެ ޝަކުވާތައް އަޑުތައް އައްސަވާ މަސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދެއްވުމަށާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރިޔާސީ އިންތިހާބު ތެރޭގައި އެމަނިކުފާނު ދެއްވި ޔަގީންކަން މިހާރުވެސް ދެއްވާ ކަމަށެވެ.

އެގޮތުން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެެ ދަށް ނުކުރުމަށާ، މ.އަތޮޅު މުލަކުގައި ސަރުކާރުން ތަރައްގީކުރާ މަސްފެކްޓްރީގެ މަސައްކަތް އަވަސްކޮށްދީ، ހުވަދު އަތޮޅުގެ ދެކުނު ބިތުގައި މަސްކިރޭނެ އެއްވެސް ތަނެއް ނެތުމުން ދިމާވާ އުދަގޫތައް ހައްލުކޮށްދެއްވުމަށް މަސްވެރިން ރައީސްގެ އަރިހުން އެދިލެއްވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ވެފައި ހުރި ވައުދުތައް އެއީ، ކޯލްޑް ސްޓޯރޭޖްތައް، މަސް ގަންނަ ތަންތަން، މަސް ކިރާ ތަންތަން އިތުރު ކުރުން، ސްޓޯރޭޖް ކެޕޭސިޓީ، މިހާރަށް ދެގުނަ ކުރުމާއި، މިހާރު ހުރި ފެކްޓްރީތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަން ރަނގަޅު ފެންވަރަކަށް ގެނައުމާއި، އިތުރު ތަންތަން ހެދުމާއި."ރައީސް ވިދާޅުވި އެވެ.

އަދި އެއިން ކޮންމެ ވަޢުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވަޢުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެން އެފަރާތްތަކުގެ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަމާއިއެކުގައެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް މަތި ކުރައްވާނެ ކަމަށާއި، މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފަހައްޓާނެކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355