twitterviber whatsapp telegramfacebookyoutube instagram
23rd August 2026

ޑރ އިބުރާހިމް ހަސަން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

އަބްދުލް ވާހިދު ޙަސަން
Dec 10, 2023
4

ޑރ އިބުރާހިމް ހަސަން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ. ޑރ އިބުރާހިމަކީ މެޑިކަލް ޑޮކްޓަރެކެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

ކުޅުދުއްފުއްޓަށް އުފަން ޑރ އިބުރާހިމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އެގޮތުން ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ޖަލާލުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވި އެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ސިއްހީ ދާއިރާއަށް ބަދަލުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މަސައްކަތްކުރެއްވި ޑރ އިބުރާހިމަކީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރައިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޑރ އިބުރާހިމްގެ އާއިލާގެ ގިނަ މެމްބަރުންނަކީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނެވެ. އެގޮތުން އޭނާ ބައްޕަ، އަލްމަރުހޫމް ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) އަދި އޭނާގެ ބޭބެ މަރުހޫމް މުހައްމަދު ހަސަން އާއި ދައްތަ، މާސްތާ އަކީވެސް ސިއްހީ ހިދުމަތްތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355