twitterviber whatsapp telegramfacebookyoutube instagram
3rd December 2025

ހަތަރުވަނަ ދައުރަކަށް ގަފޫރު ގޮނޑި ކާމިޔާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 22, 2024
2

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ގޮނޑި، މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް އަބުދުލްގަފޫރު މޫސާ (ގަޕޯ) ކާމިޔާބު ކުރައްވައިފި އެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ގަޕޯއަށް 1461 ވޯޓް ލިބިފައިވެ އެވެ. ދެން އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިދުރީސް އަބުދުﷲ އަށް ލިބިލެއްވީ 1062 ވޯޓެވެ.

ގަޕޯ އެންމެ ފުރަތަމަ ރައްޔިތުން މަޖިލީހަށް އިންތިހާބުވީ 17 ވަނަ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އެވެ. ފަހުން އެމްޑީޕީއާ ގުޅި އެ ދާއިރާ ގަޕޯ ދެ ދައުރު ފުރިހަމަ ކުރެއްވި އެވެ.

19 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާއަށް ކާމިޔާބުކުރެއްވުމަށްފަހު އެ ދާއިރާއަށް ބޮޑެތި ތަރައްގީތަކެއް ގަޕޯގެ މަސައްކަތުން ގެންނެވި އެވެ. 20 ވަނަ މަޖިލިސްވެސް ކާމިޔާބުކުރެއްވި ގަޕޯ ވެގެންދާނީ މިވަގުތު މަޖިލީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ ގޮތުގައި އެވެ.

ހަނިމާދޫ ދާއިރާގައި ހިމެނެނީ، ހަނިމާދޫ، ނާވައިދޫ، ފިނޭ އަދި ހިރިމަރަދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355