twitterviber whatsapp telegramfacebookyoutube instagram
17th August 2026

ނޮޅިވަރަމް ދާއިރާގެ ގޮނޑި މިފަހަރުވެސް ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެއް

އަބްދުލް ވާހިދު ޙަސަން
Apr 22, 2024

ހދ. ނޮޅިވަރަމް ދާއިރާގެ ގޮނޑި، އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދުބެ) ކާމިޔާބުކޮށްފި އެވެ. މިދައުރުގައިވެސް އެ ދާއިރާ ތަމްސީލްކުރައްވަނީ އަމިއްލަ ކެންޑިޑޭކެވެ.

5 ކެންޑިޑޭޓުން ވާދަކުރި އިންތިހާބު ގައި ރަޝީދުބެ ވަނީ 720 ވުރެ ގިނަ ވޯޓް ހޯދާފައިވާއިރު ރަޝީދުބެއާ އެންމެ ގާތުން ވާދަކުރި ޕީއެންސީގެ އަހްމަދު އަޝްރަފަށް ލިބުނީ 652 ވޯޓެވެ.

ތިންވަނަ އަށް ދިޔަ އެ ދާއިރާގެ މިހާރުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) އަށް ލިބުނީ 427 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަބްދުއްރަހްމާންއަށް ލިބުނީ 369 ވޯޓެވެ.

ޖޭޕީ ޓިކެޓް ގައި ވާދަކުރި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ ދިޔައީ ފުލަަށެވެ. އޭނާއަށް ލިބިފައިވަނީ 186 ވޯޓެވެ.

ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ. ރަޝީދުބެއަކީ ދެ ދާއިރާގެ ރަށްތަކަށް ވަރަށް ގިނަ އެހީތައްވެ ދެއްވާ ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355