twitterviber whatsapp telegramfacebookyoutube instagram
8th May 2024

ނޭޝަނަލް ޑްރަގް އެޖެންސީގެ ފުރަތަމަ ސީއީއޯ މުހައްމަދު ޝާހިދު ކުޅުދުއްފުށީ އުތުރު ދާއިރާއަށް

Dec 10, 2023
6

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ފުރަތަމަ ސީ.އީ.އޯ މުހައްމަދު ޝާހިދު (ޝާޑް) ނުކުމެވަޑައިގެންފި އެވެ.

ޝާޑްއަކީ ދެ ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، ގިނަ ދާއިރާތަކެއްގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކުޅުދުއްފުށީގެ އުފަން ބޭފުޅެކެވެ. ޝާޑް ވަނީ އޭލެވަލް ނިންމުމަށްފަހު، އިންޑިޔާގެ ޕޫނޭގެ، މިލިޓަރީ ކޮލެޖުން ސިވިލް އިންޖިނިއަރިންގ ހައްދަވާފައެވެ. އަދި އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކްއީސްލޭންޑުން ޑަބަލް މާސްޓާސް (ދެ މާސްޓަރ ޑިގްރީ) ހައްދަވާފަ އެވެ.

އެގޮތުން ޕްރޮޖެކްޓް މެނޭޖްމަންޓް އިން މާސްޓަރ ޑިގްރީ އާއި އަދި ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއިން މާސްޓަރ ޑިގްރީ އޭނާ ވަނީ ހާސިލް ކުރައްވާފައެވެ.

އަމަލީ މަސައްކަތު ތަޖުރިބާއަށް ބަލާލާއިރު ޝާޑް ފުރަތަމަ ދައުލަތަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ. ޑިފެންސް ފޯސްގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކައް ކުރެއްވުމަށްފަހު މޯލްޑިވްސް ޕޮލިސް ޕޮލިސްސަރވިސް އާއި ގުޅިވަޑައިގެން، ޕޮލިހުގެ ޕްލޭނިގް އެންޑް އިންފްރާ ސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ.

މިގޮތުން ކުޅުދުއްފުށީގައި ސިފައިން އަދި ފުލުހުން އަޅުއްވާފައިވާ އިމާރާތްތައް، ޕްލޭން ކުރުމާއި ޑިޒައިންކުރުމާއި އަދި އެމަސައްކަތްތައް ރާވާ ހިންގުމުގައި ޝާޑް މުހިންމު ދައުރެއް އަދާ ކޮށްފައިވެއެވެ.

އިންޓަނޭޝަނަލް ފަރާތްތަކުން ދިވެހި ރާއްޖޭގައި ހިންގާ މުހިންމު ތަފާތު ޕްރޮޖެކްޓްތަކުގައި ޝާޑް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ބައިނަލްއަގްވާމީ ފަންޑެއްކަމުގައިވާ އޮޕެކް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފަންޑްގެ ޕްރޮޖެކްޓް ޑިރެކްޓަރެއް ގޮތުގައި އާއި އަދި މޯލްޑިވަސް ރެޑް ކޮރެސެންޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި ރާއްޖޭގައި ހިންގަމުންދާ ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ލީޑް ޕްރޮޖެކްޓް ކޮންސަލްޓެންޓްގެ ގޮތުގައި މިހާރުވެސް ޝާޑް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔަވައި ދިނުމާއި އުގަންނައިދިނުމުގެ ދާއިރާއަކީވެސް ޝާޑް ވަރަށް ޝައުގުވެރިކަމާއެކު ހަރަކާތްތެރި ވަމުންދާ ދާއިރާއެކެވެ. އެގޮތުން މޯލްޑިސް ނެޝަނަލް އުނިވަސިޓީގެ ޕާރޓް ޓައިމް ލެކްޗަރެއް ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު ގައުމީ ޔުނިވަސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ހިންގާ ތަފާތު ކޯސްތަކުގައި ކިޔަވައި ދެއްވާފައިވެއެވެ. އަދި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގަވާ ތަފާތު ޓަރޭނިންގ ޕްރޮގްރާމް ތަކާއި އެހެނިހެން ފަރާތްތަކުން ހިންގާ ތަފާތު ޓްރޭނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވަމުން ގެންދަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355