twitterviber whatsapp telegramfacebookyoutube instagram
21st August 2026

100 ޑޮލަރުގެ ވަގު ނޫޓްތަކެއް ދައުރުވާތީ ސަމާލުވާން އަންގައިފި

Dec 13, 2023

ސަތޭކަ ޔޫއެސް ޑޮލަރުގެ ސައްހަނޫން ނޫޓު މިހާރު ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން އެމްއެމްއޭ އިން އެދެފި އެވެ.

އެމްއެމްއޭ އިިން އެގޮތަށް ދައުރުވާ ކަމަށް ފާހަގަކުރެވިފައިވާ ނޫޓަކީ 1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓެއް ކަމަށެވެ.

ސައްހަ ނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުމުގެ އިތުރުން ފޮޓޯ ހިމެނޭ ވޯޓަ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން އަދި ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން ހިމެނެ އެވެ.

މީގެ އިތުރުން އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބާ ނެތުމާއި ނޫޓްގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު، ނޫޓް އަރިކުރުމުން ކުލަ ބަދަލު ނުވުމެވެ.

އެމްއެމްއޭއިން ވަނީ 100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަކަމާ މެދު ޝައްކު ކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެ ނޫޓެއް އެ އޮތޯރިޓީއަށް ގެންގޮސް ނޫޓުގެ ސައްހަކަން ޔަގީން ކުރުމަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355