twitterviber whatsapp telegramfacebookyoutube instagram
28th April 2024

ބިރުވެރި ހޮހޮޅައާއެކު ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ބާޒާރު ފަށައިފި

އަބްދުލް ވާހިދު ޙަސަން
Dec 14, 2023

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ މައުރަޒު މިއަދު ހަވީރު ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ މިމައުރަޒު ހުޅުވައިދެއްވީ ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރ ޝަޒީލާ ހަސަނެވެ.

މިއަހަރުގެ މިމައުރަޒުގައި 15 ވިޔަފާރިއަކުން ވަނީ ބައިވެެރިވެފަ އެވެ. އެއީ ޕެންޓަގްރާމް، މޮނޮގްރާމް، ޒެޑްއެޗް ކައުންޓަރ، ބައުންޓީ، ދޮންބިބީ، އޭއައި ސަޕްލައި، ، ޓޫޒީރޯ، ގޯލްޑްވޭ، ވާއުފާ، ރަންނާޅި، ނޯޓިކާ، ނަޒަރު، ރިއަލް އޭޖް އަދި އޮރެންޖް ޑެކް ކެންޓީނެވެ.

އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި މައުރަޒު މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ. މިއަހަރުގެ މައުރަޒުގައި ވަރަށް ގިނަ ތަކެތި ބޮޑުތަކުން އަގުހެޔޮވާނެކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.

ވިޔަފާރިވެރިންގެ މައުރަޒު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިރުވެރި ހޮހޮޅަ ތަޖުރިބާކޮށްލުން މިއަހަރުވެސް ކުރިއަށްދާނެ އެވެ. އެސްކޫލުގެ ރިކުރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމްކުރާ ބިރުވެރި ހޮހޮޅައަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓްގެ އަގަކީ 25ރ އެވެ.

މިއަދުން ފެށިގެން ޑިސެމްބަރުމަހު 16 ވަނަ ދުވަހަށް ކުރިއަށްދާ މި މައުރަޒު ހުޅުވިިފައިހުންނަނީ ކޮންމެ ދުވަހަކު ހަވީރު 16:00 ން 23:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 08:00 ން ރޭގަނޑު 23:00 ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355