twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގދ އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Dec 19, 2023

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކްލާހަށް ބޭނުންވާ ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.

ދިރާގުން މި ވަސީލަތްތައް ހަދިޔާކޮށްފައި ވަނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިންނެވެ. އެ ކުލާހަކީ އެ ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމެވެ.

މި ކުލާހަށް އެ ކުންފުނިން ހަދިޔާކުރި ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް އަދި ކްލާސްރޫމް ސެޓަޕަށް ބޭނުންވާ ބީންބޭގާއި ފްލޯމެޓްތައް ހިމެނެ އެވެ.

މި ވަސީލަތްތައް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ،ު ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ ހުރިހާ ކުދިންނަށް ތައުލީމު ދެވޭނެ އިންކްލޫސިވް އެޑިއުކޭޝަނެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ ކުދިންނަށް ކުރިއެރުން ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ގދ އަތޮޅު ތައުލީމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވަނީ ލާނިން ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިރާގުގެ އެހީގައި އެ ކުލާހަށް އިތުރުވި ރިސޯސްގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއެސްއާރު ޕރޮގުރާމުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި މި ފަދަ މުހިންމު ކަންތައްތައް ކުރުމަށް އިސްކަން ދެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355