twitterviber whatsapp telegramfacebookyoutube instagram
21st August 2026

ބީ14 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީއަށް

Dec 27, 2023

ހދ ނޭކުރެންދޫ ބީ14 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ރުއްގަނޑު ހޯދައިފި އެވެ.

ނޭކުރެންދޫ ފުޓްސަލް އެރީނާ އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ރުއްގަނޑު ކާމިޔާބުކުރީ 3-2 ލަނޑުގެ ތަފާތަކުން ކުލަބު ސިވިކް ބަލިކޮށްގެންނެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށްދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ކޭއާރުއެޗުގެ ކުރީގެ ސީއީއޯ އަހުމަދު ދާއޫދެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ރުއްގަނޑުގެ އަކްރަމް އަބުދުލް ރަޝީދު ހޯދިއިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަށް ހޮވުނީ ޓީމް ސިނޮން އަބުދުﷲ ޔާމީނާއި ކުލަބް ސިވިކްގެ އަހުނަފް ރަޝީދެވެ.

އެންމެ މޮޅު 5 ކުޅުންތެރިން

  • އަބުދުﷲ ޔާމީން - ކުލަބް ސެނޮން
  • އަހުމަދު ބައްސާމް - ރުއްގަނޑު އެފްސީ
  • އަހްނަފް ރަޝީދު - ކުލަބް ސިވިކް
  • މުހައްމަދު ސާދު ނިޒާރު - ރުއްގަނޑު އެފްސީ
  • ހުސެއިން ޝަރީފް - ކުލަބް ސިވިކް

ބީ14 ފުޓްސަލް ކިންގަކަށް ރުއްގަނޑު އެފްސީގެ އަހުމަދު ބައްސާމް މުހައްމަދު ލިބިފައިވާއިރު އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ކުލަބް ސިވިކްގެ މުހައްމަދު ރާއީ ފަޒީލެވެ. އަދި ފެއަރ ފްލޭ ޓީމަކަށް ހޮވުނީ ހެމަނަސް އެފްސީ އެވެ.

ނޭކުރެންދޫ ކައުންސިލާއި އަންހެންގެ ކޮމެޓީ އިން ކުރިއަށްގެންދާ މި ކުޅިވަރު ފެސްޓިވަލްގައި މިއަދު ހަވީރު ކުރިއަށްދާނީ އަންހެންގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355