twitterviber whatsapp telegramfacebookyoutube instagram
17th May 2024

ދިވެހި އުފެއްދުންތެރިންގެ ތަކެތި ބޭރުގެ މާކެޓަށް ވިއްކޭނެ މަގު ފަހިކޮށްދެނީ

Dec 27, 2023
1

ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަގުވާމީ މާކެޓްތަކަށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތަފާތު ދާއިރާތަކުން އުފެއްދުންތެރިން ހަރަކާތްތެރިވާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތެއް ފަހިވެފައި ނެތުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤުތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިން އުފައްދާ އުފެއްދުންތައް ހަމައެކަނި ރާއްޖޭގެ މާކެޓަށް ވިއްކަން ދޫކޮށްލާފައި ބޭއްވުން ނޫންކަމަށެވެ.

ރައީސްގެ ތަސައްވުރަކީ ރާއްޖޭގެ މާކެޓާއި އެއްކޮށް އިންޓަނޭޝަނަލް މާކެޓަށްވެސް ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ޒާމިރު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ޕްލެޓްފޯމްގައި ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ވިއްކޭނެ ނިޒާމެއް ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ޒާމިރު ވަނީ ބައިނަލްއަޤްވާމީ ފްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް މިވަގުތު ހުރަސްތަކެއްވެސް ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ހަފްތާ14 ގައި ސަރުކާރުން ހިމަނުއްވާފައިވާ ކަނބަލުންނަށް ދޫކުރާ ލޯނު ސްކީމްގެ އިންތިޒާމުތައް މިހާރު ނިމިފައިވާކަމަށްވެސް އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތައާރަފުކުރުމަކީ ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ކަނޑައަޅާފައިވާ މުހިންމު އެއް ސިޔާސަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355