ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ކުރިން ވެސް އެ މަގާމު އަދާކޮށްފައިވާ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ހަމަޖައްސައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ޝިޔާމް އެ މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.
މި ބަދަލާ ގުޅިގެން ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިނުމާއި އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ޝިޔާމް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ޝިޔާމް 12 އަހަރު ފަހުން ފުލުހުންގެ ވަޒީފާއާ އަލުން ގުޅުނީ، 2014 ގައި ވަޒީފާއިން ވަކިކުރި ނިންމުން ހައިކޯޓުން ބާތިލުކުރުމުންނެވެ.
ފުލުހުންގެ މީޑިއާ ހިންގުމުގައި މީގެ ކުރިންވެސް ޝިޔާމް ވަނީ އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
މިއީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމާ ހަވާލުވާ ތިން ވަނަ ފުލުހެވެ. އާރިފުގެ ކުރިން މި މަގާމުގައި ހުރީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެވެ.




