twitterviber whatsapp telegramfacebookyoutube instagram
5th October 2026

މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ ވަނަވަރު އާންމުކޮށްފި

Oct 5, 2026

ސިނަމާލެ ބުރިޖު ހައިވޭގައި ހެލްމެޓް ނާޅައި، ސައިކަލު މަތީ އޮށޯވެގެން ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ކ. މާފުށި، ސްނޯސްކައި، އަހުމަދު ފާރިޒް، 26، އެވެ. އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން، ފާރިޒް ވަނީ ނަންބަރު ބޯޑު ނެތް ސައިކަލެއްގައި އިއްޔެ ރޭ ފަތިހު 03:52 ހެލްމެޓު ނާޅައި، އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސައިކަލު މަތީ އޮށޯވެގެން ދުއްވައިފަ އެވެ. އަދި އޭނަ ހުއްޓުވަން މަސައްކަތްކުރި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ސައިކަލެއްގައި ޖެއްސިކަމުގެ ތުހުމަތު ވެސް ފާރިޒްގެ މައްޗަށް ކުރެވެ އެވެ.

ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފު ވެފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ 44,000ރ. ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އެބަ އޮތެވެ.

ފާރިޒްގެ ޓްރެފިކް ކުށުގެ ރެކޯޑްތައް:

- ލައިސަންސް ނެތި ދުއްވުން

- ވަންވޭ އިން އިދިކޮޅަށް ދުއްވުން

- ބާރު ސްޕީޑުގައި ދުއްވުން

- ސައިކަލުގައި ލޯގަނޑު ނެތި ދުއްވުން

- ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުން

- މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން

- ސައިކަލުގެ ބޮކިތަކަށް ގަވާއިދާ ހިލާފު ބަދަލުތައް ގެނެސްގެން ދުއްވުން

ފުލުހުން މިހާރު ވަނީ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވަނަވަރު އާންމު ކުރަން ނިންމައި، ޖިނާއީ ދައުވާ ވެސް ކުރަން ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293