twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުގެ 2024 ވަނަ ކަލަންޑަރު 'އިންޓު ދަ ފިއުޗަރ' ލޯންޗުކޮށްފި

Dec 28, 2023

ދިރާގުން އެ ކުންފުނީގެ 2024ވަނަ އަހަރުގެ ކަލަންޑަރު 'އިންޓު ދަ ފިއުޗަރ' ލޯންޗުކޮށްފި އެވެ. ހާއްސަ ހަފްލާއެއްގައި ދިރާގުގެ އައު އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ އިސްމާއީލް ޝަފީއުއެވެ. މި އިވެންޓްގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެނިހެން ހާއްސަ މެހެމާނުންވެސް ވަނީ ބައިވެރިވެފައެވެ.

ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު، މި ލޯންޗުކުރި 2024ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވަރެވެ. އެގޮތުން ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ޤައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިއެއް ކަމަށެވެ. އަދި ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެފަރާތްތައް މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާ ކުރާ ކުންފުންޏެއްކަމަށާއި މިއަހަރުގެ 'އިންޓު ދަ ފިއުޗަރ' ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަލީ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔަރ' ވެގެން ދާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނިގެންދާނެއެވެ. އެގޮތުން ކަލަންޑަރުގައި ވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް ގޭމް ކުޅުމަށްފަހު އެފަރާތެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓަރގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވޭނެއެވެ. މި ޕޯސްޓްކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ޚާއްސަ ގުރުވަތެއް ބާއްވާ، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ލިބިގެންދާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355