twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް މަޝްވަރާ ކުރަނީ

Jan 7, 2024

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން އާންމު ކުރެއްވި ވީޑިއޯއެއްގައެވެ. ކެބިނެޓު ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ވިދާޅުވީ ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް މަޝްވަރާ ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް މަޝްވަރާ ކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި މަޝްވަރާ ކުރަން ނިންމާފައި. އޭގެ ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ ކަންކަމުގައި މަޝްވަރާ ކުރުން އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ އިތުރުން، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ފައިސާ ދައްކަން ހުރި ހުރަސްތައް ނައްތައިލުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކުރުން ފަދަ މުހިންމު ކަންކަމާ މެދު މަޝްވަރާކުރުން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެބައޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355