މެޕްސް ކޮލެޖްއިން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކުގެ ޖަނަވަރީ 2024 އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
ޖެނުވަރީ 2024 އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.
މީގެއިތުރުން، މެޕްސްކޮލެޖް އިން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެ ތެރެއިން އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ)ގެ ކިޔެވުން ފެށިފައިވާއިރު ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓާސް ކޯސްތަކަށް ދެން އެންމެ އަވަހަށް ކުރިމަތިލެވޭނީ މި އަހަރުގެ މާރިޗް މަހުގައެވެ.
ތިން ދާއިރާއަކަށް ހާއްސަ ކޮށްގެން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑް ޝަޔަރގެ މާސްޓާސް ކޯހަކީ، 12 މަސް ދުވަހުން ފުރިހަމަ ކުރެވޭ ކޯހެކެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ އިތުރުން ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓްއަށް ހާއްސަ 3 ދާއިރާއަކުން މާސްޓަސްއަށް ކިޔެވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ. މެޕްސް ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތަކަކީ މަތީ ތަޢުލީމު އުނގެނުމަށް ޝައުޤުވެރިވާ ދަރިވަރުންގެ ތެރޭ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ކޯހެކެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން ޖަނަވަރީ-24 އިންޓޭކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހެވެ. ޖަނަވަރީ-24 އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާ ވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެ ކޮލެޖުން ބުނެއެވެ.
މި އަހަރުގެ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މި ހުޅުވާލެވުނު ފުރުސަތަކީ ވަރަށް ރަގަޅު ފުރުސަތަކަށް ވާނެއިރު، މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޯސްތަކަކީ މި ދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކެވެ. އެގޮތުން އޭލެވެލްގެ 2 ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައި ވެސް ބައިވެރި ވެވޭނެއެވެ.
މީގެ އިތުރުން އޭލެވްލް ފާސް ނެތް ފަރާތްތަކަށް ލިބިފައިވާ ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލަސް ޑިގްރީގައި ކިޔެވުމުގެ ފުރުޞަތު ވެސް މެޕްސް ކޮލެޖުން ލިބިގެންދާނެއެވެ.
މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މި ކޯސްތައް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.
2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާ އެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މަތީ ތައުލީމު ފުރިހަމަ ކުރުމަށް ހުޅުވާލެވިފައިވާ ވަރަށް ރަގަޅު ފުރުސަތެކެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ފަރާތަކަށް ވެސް ބެޗެލަރސް ޑިގްރީގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު މިހާރު މެޕްސް ކޮލެޖުން ލިބޭނެއެވެ.
މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ހޯދާލެވޭނެއެވެ. އަދި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުން ވެސް ފޯރުކޮށް ދެވޭނެއެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.