މެޕްސް ކޮލެޖުން އާއްމުންނަށް ވަރަށް ހާއްސަ ފުރުސަތެއް ފަހިކޮށް ދިނުމުގެ ގޮތުން މެޕްސް ކޮލެޖު ނިސްބަތްވާ މައި ކުންފުނި ފަލިމް ގްރޫޕާއި ގުޅިގެން މިއަހަރުގެ ތެރޭގައި ފަލިމް ގްރޫޕްގެ ފަރާތުން އާއްމުންނަށް 'ފަލިމް ގިވްސް'ގެ ނަމުގައި ހަދިޔާ ތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން މެޕްސް ކޮލެޖުގެ ފަރާތުން 'ފަލިމް ގިވްސް'ގެ ދަށުން ފަސް ފަރާތަކަށް ހިލޭ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ގްރޭޑް 10 ފުރިހަމަކޮށް ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އުމުރުން 20 އަހަރުގެ ކޮންމެ މީހަކަށް ވެސް ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި ބައިވެރި ވެވޭނެއެވެ.
ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ކޮންމެ ބެޗެލާސް ޑިގްރީގެ ކޯހެއްގައި ބައިވެރިވެ ސަރުކާރުގެ ފަސްޓް ޑިގްރީ ގްރާންޓް ސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
'ފަލިމް ގިވްސް'ގެ ދަށުން ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އަދި އާއިލާ މެމްބަރަކު ނުވަތަ ރަހުމަތްތެރިއެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮތްއިރު އެއް ފަރާތަށް އެކަކަށް ވުރެ ގިނަ މީހުންގެ ނަން ވެސް ހުޅަހެޅިދާނެއެވެ.
މިގޮތުން ނަން ހުށަހަޅަން ބޭނުން ފަރާތްތަކުން މެޕްސް ކޮލެޖުގެ ފޭސްބުކް އަދި އިންސްޓަގްރަމް ޕޭޖަށް ނަމާއި ގުޅޭނެ ނަންބަރު ޑިރެކްޓް މެސެޖް (DM) ކޮށްލެއްވުމުން ގުރުއަތުގައި ބައިވެރިވެވޭނެއެވެ. ގުރުއަތު ނެގުން އޮންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. މިގޮތުން ގުރުއަތުން ނެގޭ ފަސް ފަރާތަކަށް ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި މުޅިން ހިލޭ ބައިވެރި ވެވޭނެއެވެ.
މި ކޯހަކީ އޮންލައިންކޮށް އަދި ފޭސް ޓު ފޭސް ކޮށް ކިޔަވާދޭ ތިން މަސް ދުވަހުގެ ކޯހެކެވެ.
'ފަލިމް ގިވްސް'ގެ ދަށުން ފަލިމް ގްރޫޕްގެ އިތުރު ކުންފުނިތަކުން ވެސް ގިނަ ހަދިޔާ ތަކެއް އާއްމުންނާ ހަމައަށް ގެނައުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން ހަޒާ ކޮންސްޓްރަކްޝަން، މޫދު ހޮލިޑޭޒް މޯލްޑިވްސް، އައިމިނަ ޕްރިމިއާ ލައުންޖް، ކްރޯސަރީ ސްޓޯ އަދި އިންސައިޓް ކޮންސަލްޓަންސީ ސާވިސަސް ގެ ފަރާތުންދޭ ހާއްސަ ހަދިޔާ ތަކާ ބެހޭ މައުލޫމާތު ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރާގައި އެފަރާތްތަކުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.
ފަލިމް ގްރޫޕަކީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި މުޖްތަމައަށް ތަފާތު އެކި ދާއިރާ ތަކުން ގިނަގުނަ ހިދުމަތް ކޮށްދީފައިވާ އާއްމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. 'ފަލިމް ގިވްސް' ގެ ދަށުން މުޖްތަމައުގެ ގިނަ ބަޔަކަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ފަލިމް ގްރޫޕްގެ އުއްމީދެވެ.